ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގަމުންދާ މ. ގްރީން ބިލްޑިންގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް އެހީތެރިވުމަށް ބޭރުގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
މިކަން ހާމަކޮށްފައި ވަނީ، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ފުލުހުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާ އެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު އެވެ.
ހައުސިން މިނިސްޓްރީ ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން ދިވެހި ފުލުހުންގެ ޚިދުމަތް