ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން، ރައްޔިތުން އެދޭ ގޮތަށް ވެރިކަންކުރުމުގެ ނިޒާމު ކަމަށް ލޯކަލްގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓާރ މިހެން ވިދާޅުވެފައި ވަނީ، ކަންގަތި އެވޯޑް ދިނުމަށް ރޭ އެލްޖީއޭގެ ފަރާތުން ”މީރުމާ“ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކައުންސިލްތައް ރޭންކްކޮށް، ކުރިއެރުންތައް ހޯދި ފަރާތްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައިމިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ނިޒާމު ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ޚިދުމަތް ދިނުމަށް މަގުފަހިވާ ނިޒާމު ކަމަށް ވިދާޅުވި އެވެ.
”އާދެ! 2008 ވަނަ އަހަރު ތަންފީޒު ކުރަން ފެށުނު ފެހި ޤާނޫނުއަސާސީގެ ހިޔަލުގައި މިއަދު ރާއްޖޭގައި މި ވަނީ ރައްޔިތުން ބައިވެރިވާ، ރައްޔިތުންގެ ބާރު ހިނގާ، ޖުމްހޫރީ އަދި މަލްޓިޕާޓީ ޑިމޮކްރަސީގެ ސިފަތަކާއި، ހަމަތައް ޤަރާރުވެފައިވާ، ޔުނިޓަރީ ދައުލަތެއް ރާއްޖޭގައި ޤާއިމުވެފައި. ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ ބާބުން ކަށަވަރުކުރާ ލާމަރުކަޒީ ނިޒާމުގެތެރެއިން“
ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލު ޝަރަފުވެރިކޮށްދެއްވި ކަންގަތި އެވޯޑްދިނުމުގެ ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ކަންގަތި އެވޯޑްތައް ޙާޞިލު ކުރެއްވި ހުރިހައި ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ތަހުނިޔާއާއި މުބާރިކުބާދު އަރިސްކުރައްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހެދި ދިރާސާއިން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ދިވެހިން ބަލައިގަނެފައިވާކަން ކަށަވަރުވެފައި ވިޔަސް، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް