ރައީސް މުއިއްޒުގެ ވެރިކަމުގައި ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް: ހުސެއިން ފަހުމީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ހަކަތައިގެ ސިނާއަތުގެ ކުރިމަގު އޮތީ ވަރަށްވެސް އުޖާލާކޮށް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިފަދައިން ވިދާޅުވެފައިވަނީ ކަރަންޓުގެ ޚިދުމަތުގެ އަލިމަސް ޔޫބީލްއާ ހަމައަށް ވާސިލްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މި ޕޯސްޓުގައި ފަހުމީ ފާހަގަކުރެއްވި ގޮތުގައި، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޤައުމު ބިނާކުރުމާއި، ތަރައްޤީއާއި ތަހުޒީބަށް މަގުފަހިކޮށްދީ އިންސާނީ އަދި އުމްރާނީ ތަރައްޤީއަށް ކަރަންޓުގެ ޚިދުމަތްތެރިން އިޚްލާޞްތެރިކަމާއެކު ކޮށްދީފައިވާ އަދި ކޮށްދެމުންގެންދާ އަގުހުރި މަސައްކަތްތަކެވެ.

އިތުރަށް ވިދާޅުވި ގޮތުގައި، އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، ކާމިޔާބީގެ ހަރުފަތްތައް ގިރާކުރައްވަމުން އަލިމަސް ޔޫބީލްއާ ހަމައަށް ވާސިލުވުމުގައި، މި ސިނާއަތުގައި އެކި ދުވަސްވަރު މަސައްކަތްކޮށްދެއްވާފައިވާ ބޭފުޅުން ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކޮށްދެއްވި ޚިދުމަތްތަކަށާއި، އަދި މިހާރު ތިއްބެވި ބޭފުޅުން މެދުކެނޑުމެއް، ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި ކޮށްދެއްވަމުންގެންދަވާ އަގުހުރި ޚިދުމަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ.

ފަހުމީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީގެ ވާހަކަތައް ތާރީޚުގައި ލިޔެވިގެންދާއިރު، މި ސިނާއަތުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވަ އެވެ.

ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށީ މީގެ 75 އަހަރު ކުރިން 1949 ވަނަ އަހަރުއެވެ. 14 ކިލޯވޮޓްގެ ކުޑަ ކެޕޭސިޓީއަކާއެކު އޭރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދިޔައީ އެންމެ 50 ވަރަކަށް ގޭބީސީއަށެވެ. ނަމަވެސް މިވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން ގޮސް، މިއަދު ރާއްޖެއަކީ އެންމެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ލިބެމުން އަންނަ ޤައުމެކެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ