މިއަދު އުމްރާގެ މަތިވެރި އަޅުކަމަށް ފުރާ މީހުންގެ އަދަދު ގިނަވެ، ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވެއްޖެެ އެވެ.
ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ މިއަދު އެއާޕޯޓަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދޭންޖެހޭ ކަންތައްތައް ފާހަގަކޮށް، އެކްސްގައިި އެނައުސްމެންޓެއް ނެރިފަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، އުމްރާގެ އަޅުކަމަށް މީހުން ފުރާތީ އެއާޕޯޓުގެ މަގުތަކާއި ޓާމިނަލްގައި ޓްރެފިކް ބޮޑުވެ، މުޅި ސަރަހައްދު ފުރިފައިވާ ކަމަށެވެ. އެހެންކަމުން ފުރުމުގެ ތިން ގަޑިއިރު ކުރިން ވެލާނާ އެއާޕޯޓަށް އައިސް މުވައްޒަފުންގެ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.
”ފަސެންޖަރުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،“. އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އުމާރާވެރިން ފުރާ މަހެއްގެ ގޮތުގައި މި މަސް ވެގެންދާއިރު، ތަފާސްހިސާބުތަކުން ދައްކާގޮތުން މި މަހު 5،891 މީހަކު އުމްރާއަށް ދިއުމަށް ހަމަޖެހިފައިވެ އެވެ.