ކާފަރުންނަށް އަދުލުވެރިވުމަށް ދީން އަމުރުކުރޭ، ނަމަވެސް ކާފަރުންގެ ދުވަސްތައް ފާހަގަކުރުން ހުއްދައެއް ނޫން: ހުތުބާ

Advertisement

Advertisement

އެންމެ ފަސް

Advertisement

ކާފަރުންނަށް އަދުލުވެރި ވުމަށް އިސްލާމްދީން އަނމުރު ކުރާ ކަމަށާއި، ނަމަވެސް ކާފަރުންގެ ދުވަސްތައް ފާހަގަކުރުން ހަރާމް ކުރަށްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ގައިރުދީންތަކުގެ ޝިއާރުތައް ފާޅުކުރުމުގެ މައްޗަށް އަލިއަޅުވާލައި ބުނެފައިވަނީ، ޝައީރާއަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން އެ ކަންތަކުގައި ހިފަހައްޓަން މާތްالله އަމުރުކުރައްވާފައިވާ އެންމެހާ ކަންތައްތައް ކަމަށެވެ. އަދި މާތްالله ގެ ޝައީރާތަކަށް މާތްކޮށް ހިތުމަކީ މި ޝައީރާތަކަށް އަހަރެމެންގެ ހިތްތަކުގައި މަތިވެރި މަގާމު ދިނުން ކަމަށެވެ.

އިސްލާމްދީނުގެ ޝައީރާތަކުގެ ތެރޭގައި ވަކި މޫސުމަކާ ގުޅިފައިވާ ޝައީރާތައްވާ ކަމަށެވެ. ސޯލިހު ކޮންމެ އަމަލަކީ الله ގެ ޝައީރާއެއް ކަމަށާއި އެކަލާނގެ ޝައީރާތައް މާތްކުރައްވާފައިވާތީ އަހަރެމެން ވެސް އެ ޝައީރާތައް މަތިވެރިކުރަން ޖެހޭނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނެފައިވާ ގޮތުގައި، އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއްގޮތަށް އަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަހުސިއްޔަތު ފުނޑުފުނޑުވެ، ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމުގަ އެވެ.

އިލްމުވެރީން ވިދާޅުވާ ގޮތުން މުސްލިމުން ގައިރުމުސްލިމުންގެ ދީނީ ޝިއާރުތަކަށް ތަބާވުމަކީ ކަނޑައެޅިގެން ހަރާމް ކަމެެއް ކަމުގަ އެވެ. އޭގެ ތެރޭގައި އެމީހުންގެ އީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާ ކިޔުން ހިމެނޭ ކަމުގަ އެވެ.

މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިހުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމުގަ އެވެ. އަދި ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަސޯރާއިން އެމީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި އީދުގެ ތެރޭގައި ހިމެނޭއިރު، މިފަދަ އަމަލުތަކުން ރާއްޖޭގެ މުޖުތަމައުތައް ސަލާމަތްވާން ޖެހޭނެ ކަމުގަ އެވެ.

އެގޮތުން، ދީނާ ހިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެމީހުންގެ އަގީދާ އާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓާލުމަށް މަސައްކަތް ކުރާ ކަމުގަ އެވެ. އެމީހުންނަށް ތަބާވަންދެން އެމީހުން މި މަސައްކަތް ހުއްޓާނުލާނެކަން މާތް ﷲ ވަނީ އަންގަވާފައި ކަމުގަ އެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ، ހެޔޮލަފާ އިސްލާމީ މުޖުތަމައެއް ބިނާކުރެވޭނީ އިސްލާމީ ސަގާފަތް ފަތުރައިގެން ކަމަށާއި، އިސްލާމީ އަގީދާ އާއި އަހުލާގުގެ މަތީގައި އާއިލާ ބިނާކުރެވިގެން ކަމަށެވެ. އިސްލާމީ މުޖުތަމައުގެ ބިންގަލަކީ އަގީދާ ކަމަށެވެ. ގައިރު މުސްލިމުންގެ އީދުތަކާއި އެމީހުންގެ އަގީދާ އާ ގުޅިފައިވާ ކަންކަމުގައި ބައިވެރިވުން ހަރާމްވުމަކީ، އެމީހުންނާ މެދު އިހުސާންތެރިވެ އަދުލުވެރި ނުވާންވީ ސަބަބެއް ނޫން ކަމަށެވެ.

ހުކުރު ހުތުބާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ