ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ބޯޓެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައިގެންފި އެވެ.
އެމްއެންޑީއެފް އިން މިކަން ހާމަކޮސްފައި ވަނީ، އެ ބޯޓުގެ ފޮޓޯ ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްއެންޑީއެފްއިން ހިއްސާކުރި ފޮޓޯގައި ފެންނަނީ ހުދު ކުލައިގެ މަސްވެރިކަމުގައި ބޭނުންކުރާ ކުޑަ ބޯޓެކެވެ. ނަމަވެސް، މި ބޯޓަކީ ކޮން ޤައުމެއްގެ ބޯޓެއްކަން ނުވަތަ ކިތައް މީހުން ތިބި ބޯޓެއްކަން އަދި ކަނޑައެޅިގެން ކޮން ސަރަހައްދަކުން އަތުލައިގަތް ބޯޓެއްކަން އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެ އެވެ.
މި ފަހަކަށް އައިސް، ވަރަށް ގިނަ އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދާ އަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް އަތުލައިގަނެ އެވެ. ރާއްޖޭގައި ދާއަޅައިގެން މަސްވެރިންކަން ކުރުމަކީ ދިވެހި މަސްވެރިންނަށްވެސް މަނާ ކަމެކެވެ. އެއީ މަހުގެ ދިރުންތަކަށް އެކަމުގެ ސަބަބުން ކުރާ އަސަރުގެ ސަބަބުންނެވެ.