ދިވެހިބަހުގެ އެކެޑަމީން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ކޯސް ނިންމާލައިފިއެވެ.
މި ދެ ކޯހަކީ ސަރުކާރުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން ހިންގުނު ކޯސްތަކެކެވެ.
ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި، އަދަބު އިހުތިރާމާއެކު މުޢާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމެވެ. އަދި މީގެ އިތުރުން ދިވެހިބަހަށް މުވައްޒަފުން އަހުލުވެރިކުރުމެވެ.
ކޯހުގައި ކުރިއަށްގެންދިޔަ މުހިންމު ބައިތަކުގެ ތެރޭގައި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުމާއި، ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުމާއި، ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުން ވެސް ހިމެނުނެވެ. އަދި ބަދަލުވާ އަކުރާއި ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން ވެސް ކޯހުގައި ހިމެނުނެވެ.
ދިވެހިބަހުގެ އެކެޑަމީން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދިޔައީ ފަސް ދަންފަޅިއަކަށް ބަހާލައިގެންނެވެ. މިއީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ވަކިވަކިން ބޭއްވުނު ދެ ކޯހެކެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)