ހައުސިން މިނިސްޓްރީގެ 9 މުވައްޒަފަކު ސަސްޕެންޑް ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިން މިނިސްޓްރީގެ 9 މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.

މި މުވައްޒަފުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނެ އެވެ.

މި ފިޔަވަޅު އަޅާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ. މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވި ގޮތުގައި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އަމަލުކޮށްފައިވާ ގޮތްތަކުގެ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް އަމުރެއް ނެރެފައިވެ އެވެ.

އެޗްޑީސީ އިން ގޯތި ދިނުމުގައި ބޮޑު ހިޔާނާތެއް ހިންގާފައިވާކަން ހާމަވީ، ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ލިޔުންތަކެއްގގަ އެވެ. މި ލިޔުންތަކުން ދައްކާގޮތުގައި، ހުޅުމާލޭ ދެވަނަ ފޭސްގެ އެއް ބިން ދެ މީހަކަށް ދީ، އެ ދެ މީހުން ވެސް އެ ތަނުގެ ވަށާފާރު ރާނަން އެޗްޑީސީއަށް ހުށައަޅާފައިވެ އެވެ.

މި މައްސަލައިގައި، އެޗްޑީސީގެ ޑެޕިއުޓީ ޑިރެކްޓަރު އަހްމަދު އައިމަން ސޮއިކުރައްވައި މިދިޔަ ޖުލައި މަހު ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. މި ސިޓީގައި އެދިފައިވަނީ ބިން ލިބިފައި ވަނީ އަސްލު ކާކަށްތޯ ކަށަވަރުކުރުމަށެވެ.

ލީކުވެފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި، ބިންވެރިޔާ ސްކީމުން ހުޅުމާލެއިން އެއް ލޮޓް ނަންބަރަކުން ބިން ލިބިފައިވާ ކަމަށް ބުނާ ދެ ފަރާތަކުން ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާފައިވެ އެވެ. މި ދެ ފަރާތުގެ ތެރެއިން އެކަކީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލްކަން ވެސް ސިޓީން އެނގެ އެވެ.

މި މައްސަލައާ ގުޅިގެން، 15 އޮގަސްޓްގައި ހައުސިންގ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނިޒާމް ފޮނުއްވި ކަމަށް ބުނާ ސިޓީއެއްގައި ވަނީ އެ ދެ މީހުންނަކީ ވެސް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް ނޫން ކަމަށް މިނިސްޓްރީގެ ޑޭޓާބޭސްއިން ދައްކާ ކަމަށެވެ. އެހެންނަމަވެސް، މުހައްމަދު ފަޒީލްއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބި އޭގެ އެގްރިމެންޓް ކަމަށް ”ފޯޖް“ ކޮށްފައިވާ އެގްރިމަންޓެއް ވެސް ލީކްކޮށްފައިވެ އެވެ.

ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފައިވަނީ މިއީ ފަޒުލްގެ ނުފޫޒުން ހިންގާފައިވާ ކޮރަޕްޝަނެއް ކަމަށެވެ.

އޭގެއިތުރުންވެސް އެޗްޑީީއާ ގުޅުންހުރި ބޮޑެތި ހިޔާނަތްތަކެއްވެސް އަންނަނީ ސޯޝަލް މީޑިއާގައި ފެންމަތިކުރަމުންނެވެ.

 

ހައުސިން މިނިސްޓްރީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެޗްޑީސީ ހިޔާނަތް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ