ރައީސްގެ ވަރުގަދަ އިންޒާރެއް: އެއްވެސް މީހަކަށް ބޭއިންސާފުވާނަމާ ހަރުކަށި ފިޔަވަޅު އަޅާނަން

Advertisement

Advertisement

އެންމެ ފަސް

Advertisement

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ރޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ، ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ”ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން. ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ“ ކަމަށެވެ. މީގެ އިތުރުން، އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ޢަމަލުކޮށްފިނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މި އިންޒާރު އައިސްފައިވަނީ ގޯތިތަކުގެ މައްސަލަ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙްޤީޤު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި މައްސަލައާ ގުޅިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވަނީ ސަސްޕެންޑްކުރެވިފަ އެވެ. އަދި އެންމެ ފަހުން ޗެއަރމަންކަމަށް ޢައްޔަންކުރެވުނު އަޙްމަދު ނާޞިފް (ޑީޑީ) ފިޔަވައި އެޗްޑީސީ ބޯޑުގެ އެހެން ހުރިހާ މެންބަރުންވެސް ވަނީ އިއްޔެ ސަސްޕެންޑް ކުރެވިފަ އެވެ.

މި މައްސަލާގައި ފަޒުލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފަޒުލްގެ އެއްބަނޑު ބޭބެއަށް ހުޅުމާލެއިން ގޯޗެއް އުސޫލުތަކާއި ހިލާފަށް ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުޤީޤެއް އިދާރާތަކުން ވަނީ ފަށައިފަ އެވެ. އެގޮތުން އެ ގޯތި ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމާއި ގުޅުންހުރި ލިޔުންތަކެއް ފޯޒްކޮށްގެންކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.

އޭގެއިތުރުންވެސް ފަޒުލްގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ