ބިންވެރިޔާ ސްކީމާ ގުޅޭ ފޯޖަރީގެ މައްސަލައިގައި މިހާތަނަށް 6 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނި ގޮތުގައި، މި ތަޙުޤީޤާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަމާ ގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، އެތަނުގައި ހުރި ޑިޖިޓަލް ހެކިތަކާއި ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
ސުވާލުކުރެވުނު 6 ފަރާތުގެ ރަޖިސްޓްރީ އަދި އެގްރީމަންޓްގެ އަސްލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މި ލިޔެކިޔުންތައް ތަޙްލީލުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.
މީގެ އިތުރުން، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ގޮސް އެތަނުގައި ހުރި ޑިޖިޓަލް ހެކިތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު ފަރާތެއް ވާނަމަ، އެ ފަރާތަކާ ވެސް ސުވާލުކުރާނެ ކަމަށް ފުލުހުން ވަނީ މި ނޫސް ކޮންފަރެންސްގައި ހާމަކޮށްފަ އެވެ.
ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަން ފެށީ ބިންވެރިޔާ ސްކީމުގެ ދަށުން ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކާ ގުޅޭ ލިޔެކިޔުންތަކުގައި ފޯޖަރީ ހަދާފައިވާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ. އެގޮތުުން އެންމެ ބޮޑު ތުހުމަތެއްކުރެވެނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ މައްޗަށެވެ. އޭގެތެރޭގައި އެއްބަނޑު އެއްބަފާ ބޭބެއަށް ސސައްހަ ނޫން ލިޔެކިޔުންތަކެއް، އަސްލެއްކަމަށް ބަލައި ގޯޗެއްދިން މައްސަލަ ހިމެނެ އެވެ. އަދި އެގޮތަށް ކަންތައްކުރިއިރު، އެކަން ނުކުރުމަށް ހައުސިން މިނިސްޓްރީންވެސް އޮތީ އަންގާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދިވެހި ފުލުހުންގެ ޚިދުމަތް ގޯތިތަކާ