އުރީދޫ ފަންރަން އިން ކޮލޮމްބޯ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު

Advertisement

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސް އާއި ފިޓްސްއެއާ ގުޅިގެން އުރީދޫ ފަން ރަން 2024 ގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ދެފަރާތަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ދިނުމަށް ނިންމައިފި އެވެ.

ފިޓްސްއެއާ އަކީ ސްރީލަންކާގެ އެންމެ އަގުހެޔޮ އެއާލައިން އަދި އަމިއްލަ ފަރާތެއްގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނެވެ. ފިޓްސް އެއާއިން ދުބާއީ، ކޮލަމްބޯ، ޗެންނާއީ އަދި ޑާކާ ފަދަ މަންޒިލްތަކަށް ފަސޭހައިން އުދުހުމުގެ ތަޖުރިބާއެއް ކަށަވަރުކޮށްދެ އެވެ.

ފިޓްސްއެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ޝާފިޔާ ކަރީމް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ފަން ރަން 2024 ގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ، އަދި މިއީ އުރީދޫއާއެކު ކުރިއަށްގެންދެވޭ ފުރަތަމަ ކޮލަބޮރޭޝަންކަން ފާހަގަކުރެއްވި އެވެ. އަދި މި ޕާޓްނަރޝިޕްއަކީ ފިޓްސްއެއާރއިން މުޖުތަމަޢުތައް ގުޅާލައި، ދަތުރުފަތުރުގެ ވަސީލަތްތައް އަތްފޯރާ ފަށަށް ގެނެސް ކަސްޓަމަރުންނަށް އުފާވެރި ތަޖުރިބާތަކެއް ގެނެސްދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭކަމެކެވެ.

މި ލަކީޑްރޯގައި ބައިވެރިވުމަށް ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ 17 ޑިސެމްބަރ 2024، އަންގާރަ އިން ފެށިގެން 20 ޑިސެމްބަރ 2024 ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އާ ދެމެދު ގޯޕްލޭ އެޕް ޑައުންލޯޑް ކޮށް، ސައިން އަޕް ކޮށް ބޭނުން ކޮށްލުންކަމަށް އުރީދޫއިން ބުނެ އެވެ. އުރީދޫއިން ބުނީ ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ޑްރޯއަކުން ކަމަށާއި ފައިނަލް އިވެންޓް ދުވަހު ހަވީރު 5:45 ގައި އުރީދޫ ފަން ރަން މައި ސްޓޭޖުގައި ލައިވްކޮށް އިއުލާނު ކުރާނެ ކަމަށެވެ.
ގްރޭންޑް ގިވްއަވޭގެ އިތުރުން ފިޓްސްއެއާ އިން އަންނަނީ މި އޮފާއަށް ރަޖިސްޓްރީވާ ހުރިހާ ބައިވެރިންނަށް ކޮލަމްބޯއަށް ކުރާ ދަތުރުތަކުން 15 ޕަސެންޓް ޑިސްކައުންޓް ވެސް ދިނުމަށް ނިންމާފަ އެވެ.

އުރީދޫ އުރީދޫ ފަން ރަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ