ހުޅުމާލޭ ގުއްބު މިސްކިތް މަރާމަތްކޮށް އޭސީ ހަރުކުރުމާއި ބެހޭގޮތުން މާލެ ސިޓީ ކައުންސިލް އާއި އުރީދޫ މޯލްޑިވްސް އިން މަޝްވަރާކޮއްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މާލެ ސިޓީ ކައުންސިލް އިން މިޔަދު އެކްސް ގައި ކުރި ޕޯސްޓް އެއްގައިއެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން މާާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވަނީ ހުޅުމާލެ ގުއްބު މިސްކިތް މަރާމާތު ކުރުމާއި އޭސީ ހަރުކުރުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އާއި ހަވާލުކުރި ކަން ކަޝަވަރު ކޮށްދީފައެވެ.
ގުއްބު މިސްކިތް މަރާމާތު ކުރުމާއި އޭސީ ހަރުކުރުމުރުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސްގެ ހަރަދުގައި ކުރުމަށް އެ ކުންފުނިން ވަނީ އެއްބަސް ވެފަ.
މީގެ އިތުރުން މާލެ ސަރަހައްދުގެ މިސްކިތްތައް މަރާމާތު ކުރުމާއި ބެހޭގޮތުން މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަރީޝް ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.