ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެމްބަރުންނާއި މިއަދު ބައްދަލު ކުރަށްވައިފި އެވެ.
މިކަން ހާމަ ކޮށްފައި ވަނީ، ފުލުހުންގެ ހިދުމަތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، މި ބައްދަލުވުމުގައި ”ބިންވެރިޔާ“ ސްކީމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއްނުވެ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)