ގޯތި މައްސަލައިގައި އެޗްޑީސީގެ އިތުރު ބަޔަކު ސަސްޕެންޑްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން މީހަކަށް ގޯއްޗެއް ދޫކުރި ކަމުގެ ތުހުމަތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިތުރު އިސްވެރިންތަކެއް ސަސްޕެންޑްކޮށްފި އެވެ.

އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ފިޔަވާ އެހެން ހުރިހާ މެންބަރުން ސަސްޕެންޑް ކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭގެ ފަހުން މިހާރު މިވަނީ އެ ކުންފުނީގެ މެނޭޖްމެންޓްގައި ހިމެނޭ އިތުރު ބަޔަކުވެސް ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑް ކުރި މީހުން:

  • އައިޓީ ހެޑް އަބްދުالله ޝުހޫދު
  • ޑެޕިއުޓީ އައިޓީ ހެޑް މުހައްމަދު ސަލީމް
  • ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދު
  • ޗީފް ބިޒްނަސް އޮފިސަރު އަހުމަދު ޔާމީން
  • އެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން

މި މީހުންގެ ތެރެއިން ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ފާއިދު މަގާމުން ވަކި ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެޗްޑީސީއަށް އަންގާފަ އެވެ. އެ މަގާމުން އޭނާ ވަކިކުރަން އަންގާފައިވަނީ ޝަރުތު ހަމަނުވާތީކަމަށް ޕީސީބީން ވަނީ ބުނެފަ އެވެ.

ސަސްޕެންޑްކުރި ބޯޑު މެމްބަރުން:

  1. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ
  2. އަޒްހަރު އަބްދު ސައީދު
  3. އިބްރާހިމް ޔޫސުފްފުޅު
  4. މުހައްމަދު ވިޝާމް
  5. އުލާ މުހައްމަދު ރަޝީދު
  6. އާރިފް އަބްދުލް ސަމަދު
  7. މުހައްމަދު ނާޖިލު
  8. މުހައްމަދު ވަހީދު
  9. ފާތިމަތު މިޒްނާ އަލީ
  10. ޔޫސުފް ވަހީދު

މި މީހުން ސަސްޕެންޑްކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތަކެއް ދިނުމުގައި އެޗްޑީސީން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވަނިކޮށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ