ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުންގެ ކޯސް ފެށުމަށްފަހު އެހެން ކޯހަކަށް ބަދަލުވާން ބޭނުންނަމަ އެ ފުރުސަތު ދިނުމަށް ނިންމައިފި އެވެ.
ދައުލަތުގެ މީޑިއާއައް މަޢުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަޙީމް ޙަސަން ވިދާޅުވީ 2019 ވަނަ އަހަރު އެކުލަވާލާފައިވާ އުޞޫލްގައިވާގޮތުން ފައިސާއެއްގެ އެއްވެސް މުޢާމަލާތެއް ހިންގުމަށްފަހު ކޯސް ބަދަލު ނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް އެކި ސަބަބުތައް ދިމާވެގެން ކޯސް ބަދަލުކުރުމުގެ ހާލަތްތައް އައިސްފައި ހުރިކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.
އަލަށް އެކުލަވާލާފައިވާ އުޞޫލްގައިވާގޮތުން ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުން ސްކޮލަރޝިޕް ލިބޭ ދަރިވަރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއައް ހުށަހެޅުމަށްފަހު، ފުރިހަމަކުރަން އެދޭ ޕްރޮގުރާމު ބަދަލުކުރެވޭނީ 3 ހާލަތެއްގަ އެވެ.
އައު އުސޫލުގައިވާ ގޮތުން ޕްރޮގުރާމު ބަދަލުކުރަން އެދޭއިރ،ު ކުރިން ހުށަހެޅި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމުގައި ބަޔާންކޮށްފައިވ،ާ މަތީ ތަޢުލީމު ދޭ މުއައްސަސާއަށް އެއްވެސް ޕޭމަންޓެއް ހަދައިފައި އޮވެގެން ނުވާނެ އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް