ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސް މުއިއްޒުގެ ސަރުކާރުން ނުދެއްވާ: މިނިސްޓަރ އާދަމް ޝަރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުދެއްވާނެކަން ރައީސްގެ ނިންމެވުންތަކުން ސާފުވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓާރ މިހެން ވިދާޅުވެފައި ވަނީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ހައްގުގައި އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ،. މުއިއްޒުއައް އެންގިވަޑައިގެން ހިންގިޔަނުދެއްވާނެ ކަމަށެވެ.

”އެ ޔަގީންކަން އެބަ އޮތް“ މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުިވެފައިވެ އެވެ.

ރާއްޖެއިން ކޮރަޕްޝަން މަދުކުރެވޭނީ ކޮރަޕްޝަންއައް މަގުފަހިވާ ކޮންމެ ކަމަކަށް ހުރިހާ މުވައްސަސާތަކުންނާއި އާންމު ރައްޔިތުންވެސް ނޫނެކޭ ބުނެގެން ކަމަށްވެސް މިނިސްޓަރގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ. މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ އެ ހިއްވަރު އެންމެންގެ ވެސް ހުންނާނެ ކަމަށެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިމިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބައިވެރިވުމެއް ހިމެނޭކަމަށް ތުހުމަތުކުރެވޭ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ. އެގޮތުން ފަޒުލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވޭއިރު، ފަޒުލްގެ އެއްބަނޑު ބޭބެއަށް ހުޅުމާލެއިން ގޯޗެއް އުސޫލުތަކާއި ހިލާފަށް ދިން މައްސަލައެއް ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުޤީޤެއް އިދާރާތަކުން ވަނީ ފަށައިފަ އެވެ. އެގޮތުން އެ ގޯތި ދޫކޮށްފައިވަނީ ބިންވެރިޔާ ސްކީމާއި ގުޅުންހުރި ލިޔުންތަކެއް ފޯޒްކޮށްގެންކަން މިހާތަނަށް ވަނީ ހާމަވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ