ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ގައުމުގެ މުސްތަގުބަލަށް ކަންތައްތަކެއް ކޮށްދިނުން: ފަހުމީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސާޗް ފަައުންޑޭޝަންގެ މަގްސަދަކީ ގައުމުގެ ކުރި އެރުމާއި މުސްތަގުބަލަށް ކަންތައްތަކެއް ކޮއްދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓާރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިފަދައިން ވިދާޅުވެފައި ވަނީ ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކުރުމުގެ ގޮތުން ސްޓެލްކޯގެ ހެޑް އޮފީސްގައި ބާއްވާފައިވާ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަންގެ މަޤްޞަދަކީ ޤައުމުގެ ކުރިއެރުމާއި މުސްތަޤްބަލަށް ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ. ފަހުމީ ވިދާޅުވި ގޮތުގައި ރިސާޗް ފައުންޑޭޝަނެއް އުފެއްދުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެކި ދާއިރާތަކުން ކިޔަވައިގެން ތިބި ތަޢުލީމީ ޒުވާނުން ކުންފުނީގައި ތިބުމާއި، ކުންފުންޏަކީ ރިސޯސްފުލް ކުންފުންޏަކަށްވެފައި، އެފަދަ މަސައްކަތެއް ކުރާނެ ޤާބިލުކަމާއި ވަސީލަތްތައް ސްޓެލްކޯގައި ހުރުމެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުންލައްވައި ޤައުމަށް ޚިދުމަތްކޮށްދޭން. މިއީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ރިސާޗް ފައުންޑޭޝަނަކަށް ވެގެން ނުވާނެ. ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މިކަމުގެ ފައިދާ ކުރަންވާނެ. އާދައިގެ ގޮތަކަށް ނޫން. އިންތިހާއަށް ފައިދާ ކުރަންވާނެ،“ ފަހުމީ ވިދާޅުވި އެވެ.

މީގެ އިތުރުން، ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް ވެސް އިއްޔެ ވަނީ އިފްތިތާހުކޮށްފަ އެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މަގްސަދަކީ ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ، އައު ހަރުފަތަކަށް ގެންދިއުމެވެ. އެގޮތުން ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، އާރޓްސް އަދި މެތެމެޓިކްސް (STEAM) ދާއިރާތައް ކުރި އެރުވުމަށް އެންމެ ޒަމާނީ ދިރާސާތަކާއި، އަލަށް ތައާރަފްވަމުންދާ ޓެކްނޮލޮޖީ ހޯދުމާއިއެކު، އެއަށް އަހުލުވެރިވެ، ގައުމު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ