ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކީ ފުލުހުން އަމިއްލައަށް އިސްވެ ކުރިއަށް ގެންދާ ތަހުގީގެއްކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
ފުލުހުން މިހެން ބުނެފައިވާއިރު އެޗްޑީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ރަޝީދު ވަނީ ފުލުހުންގެ ތަހުގީގަކީ އެ ކުންފުނިން އެދިގެން ކުރިއަށް ގެންދާ ތަހުގީގެއްކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން ފޮނުވި މެސެޖުގައި ވަނީ މި ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އެ އިދާރާއިން އިސްވެ ކުރިއަށް ގެންދާ ތަހުގީގެއްކަމަށް ބުނެފަ އެވެ.
މި ތަހުގީގުގައި ފުލުހުން ބަލަނީ ޑޮކިއުމެންޓް ފޯޖް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް.
އެޗްޑީސީއާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ޗެއާމަން ފިޔަވާ ބާކީ ތިބި 10 މެންބަރުން މިއަދު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތް