ހަގީގީ މާލޭގެ ރައްޔިތުން ތިބީ ނިކަމެތި ހާލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިހެން ވިދާޅުވީ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ޝުޖާއު ވިދާޅުވެފައި ވަނީ، ފަހުވަގުތު ހުޅުމާލެއިން މާލެ ރައްޔިތުންނަށް ގޯތި ކަނޑާދިނީ ހެޔޮނިޔަތް އޮވެގެން ނޫން ކަމަށެވެ. އަދި އެކަން ކުރީ އިތުރު ފިތުނަ ރައްޔިތުންގެ މެދުގައި އުފެދޭގޮތައް ޕާޓީގެ ބޮޑުންނާއި މުއްސަދިންނަށް ފަހިވާގޮތައް ކަމަށެވެ.
ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، އެޗްޑީސީގެ ޗެއާމަން ފިޔަވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ.
އެޗްޑީސީ ބޯޑުގެ 10 މެންބަރުން ސަސްޕެންޑްކޮށްފައި ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތަކެއް ދިނުމުގައި އެޗްޑީސީން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައި ވަނިކޮށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިބްރާހިމް ޝުޖާއު