ސިޔާސީ ނުފޫޒަކަށް ފުރުސަތެއް ނުދޭނަން، އެކަން ކުރާ މީހުން ހާމަ ކުރާނަން: މިފްކޯ ސީއީއޯ

Advertisement

Advertisement

އެންމެ ފަސް

Advertisement

ސިޔާސީ ގޮތުން އަންނަ އެއްވެސް ނުފޫޒަކަށް ފުރުސަތު ނުދެއްވާނެކަމަށާއި އެފަދަ ކަމެއް ކުރާނަމަ އެބައެއްގެ މައުލޫމާތު ހާމަ ކުރައްވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އާ ސީއީއޯ ޑރ. ވިޓާލީ ލްޔުބިމޯވް ވިދާޅުވެއްޖެ އެވެ.

މިފްކޯއިން ނެރުނު ބަޔާނެއްގައި ވަނީ ޑރ. ވިޓާލީ މަގާމާ ހަވާލުވި ފަހުން އެ ކުންފުނީގެ އެޗްއާރް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް މީހަކު ނެގުމުގައި ސިޔާސީ ނުފޫޒެއް ކުރިމަތިވި ކަމަށާއި އެއީ ޑރ. ވިޓާލީ މަގާމާ ހަވާލުވި ފަހުން ކުރިމަތިވި އެފަދަ ފުރަތަމަ ކަންތައްކަމަށް ބުނެފަ އެވެ. އަދި އެ އެޕްލިކޭޝަން ރިޖެކްޓް ކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މިފްކޯގެ އެޗްއާރް ޑިޕާޓްމެންޓްގެ ޖެނެރަލްގެ މެނޭޖަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ އަހުމަދު ނާސިރުކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޑރ. ވިޓާލީ ވަނީ ސިޔާސީ ނުފޫޒު ފޯރުވަން އުޅޭ ފަރާތްތައް މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމަށް ކަމާ ގުޅުން ހުރި އިސް ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމަށްވެސް ބަޔާނުގައި ވިދާޅުވެފަ އެވެ. އަދި އޭނާގެ ލީޑާޝިޕްގައި މިފްކޯއަށް އޮތް އިތުބާރު ބޮޑުކޮށް، ކުންފުނީގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ޑރ. ވިޓާލީ ވަނީ ދެއްވާފަ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ޑރ. ވިޓާލީ ލްޔުބިމޯވް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ