މޯލްޑިވްސް އިމިގްރޭޝަނުން ބަންގްލަދޭޝްގެ ރައްޔިތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.
އިމިގުރޭޝަނުން މިކަން ހާމަކޮސްފައި ވަނީ އެ އިދާރާއިން ކުރިޮ ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، މުޙައްމަދު އަމީރު ޙުސައިން ނަމަކަށް ކިޔާ 35 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި ބުނެފައި ވަނީ، ފަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ހާޒިރުވާން މުޙައްމަދު އަމީރު ޙުސައިން އަށް އަންގާ ކަމަށެވެ.
އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އިމިގްރޭޝަނުގެ 7980408 ނަންބަރާ ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށްވެސް ވަނީ އެދިފަ އެވެ.
މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެކެވެ.
އިމިގްރޭޝަނުން މާލެ ސަރަޙައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ހިންގަމުން އަންނައިރު، މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެ މީހުންގެ ޤައުމުތަކަށް ޑިޕޯޓްކޮށްފަ އެވެ.