ސިއްހީ މައްސަލައެއް ދިމާވެ އުއްތަމަ ފަނޑިޔާރަށް ފަރުވާ ދޭން ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނަށް ސިއްހީ މައްސަލައެއް ދިމާވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އުއްތަމަ ފަނޑިޔާރަށް ސިއްހީ މައްސަލައެއް ދިމާވީ ޗުއްޓީއަށް ބ. ފުޅަދޫއަށް ގޮސް އުޅުއްވަނިކޮށްކަމަށް މައުލޫމާތު ލިބެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ސިއްހީ މައްސަލައެއް ދިމާވުމުން ފަރުވާ ދިނުމަށް މާލެ ގެނެވުނީ ރޭ ދަންވަރު އެވެ.

އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލުކޮޅާ ގުޅިގެން އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

އުއްތަމަ ފަނޑިޔާރުގެ އުމުރުފުޅަކީ މިހާރު 59 އަހަރު އެވެ.

2010 ވަނަ އަހަރު އަލަށް އެކުލަވާލެވުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި މުއުތަސިމް، 2014 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަން އަދާކުރެއްވި އެވެ. އަދި އޭގެފަހުން 2019 ވަނަ އަހަރު ވަނީ ސުޕްރީމް ކޯޓުގެެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް މުއުތަސިމް އައްޔަންކުރައްވާފަ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ