ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްމޯލް ގްރާންޓް ފަންޑުގެ އެހީގައި ހދ. ކުމުންދޫ އަދި ގދ. ވާދޫގައި ދެ ޕްރޮޖެކްޓެއް ނިންމާލައިފި އެވެ.
ބީއެމްއެލްގެ ސްމޯލް ގްރާންޓް ފަންޑަކީ ބީއެމްއެލްގެ 40 ވަނަަަ އަހަރީ ދުވަހާ ގުޅިގެން ބީއެމްއެލް އިން ތައާރަފުކުރި ފަންޑެކެވެ.
ބީއެމްއެލްއިން ވަނީ މި ފަންޑުގެ ދަށުން ހދ. ކުމުންދޫގައި ކޮންމެ ދުވަހަކު ބާނާ މަހުގެ ކުނި މެނޭޖްކޮށް، އެތަކެތިން މަސް ކާނާ އުފައްދާ ޕްލާންޓެއް ގާއިމުކޮށްފަ އެވެ. އަދި މީގެ އިތުރުން ގދ. ވާދޫ ބްލޫ ބައުލްސް ރާޅާއަޅާ ސަރަހައްދުގެ ފަރު ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ގޮތަށް ރައްކާތެރި ކުރުމުގެ މަޝްރޫއެއް ވެސް ވަނީ ނިންމާފަ އެވެ.
ކުމުންދޫގައި ހިންގި މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓީވް (ކުރެވި) އިންނެވެ. އަދި ގދ. ވާދޫ ކައިރީގައި އޮންނަ ބްލޫ ބައުލްސް ރާޅާ އަޅާ ސަރަހައްދުގެ ފަރު ރަައްކާތެރިކުރުމުގެ މަސައްކަތް ކޮއޮފައި ވަނީ ގދ. ވާދޫގައި ހުވަދޫ އެސޮސިއޭޝަން ފޯ ޓޫރިއަމް (ހެޓް) އިންނެވެ.