އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް އިއްޔެ ލޯންޗުކޮށްފި އެވެ.
އުރީދޫއިން ބުނީ، ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ރާއްޖޭގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޓްސްއެޕް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންދާއިރު، އެ ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް އިތުރަށް ހަރުދަނާވެގެން ދާނެ މަގެއް ކަމަށްވެސް އުރީދޫއިން ބުނެފައިވެ އެވެ.
އުރީދޫ މޯލްޑިވްސް ގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލިބޭ ފައިދާތައް:
- 24/7 ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ހިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން
- އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއް ކަން ޔަގީންކޮށްދިނުން
- ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ޑިޖިޓަލް ކޮމިއުނިކޭޝަން އެޕް މެދުވެރިކޮށް އުރީދޫގެ ސަޕޯޓް ޓީމާ މެދުކެނޑުމެއްނެތި ވާސިލުވެވޭނެ
އުރީދޫއިން ބުނީ، ވަޓްސްއެޕާއެކު އިންޓަގްރޭޝަންގެ ސަބަބުން އުރީދޫ އަށް އިނޮވޭޓިވް ކަސްޓަމާ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މިސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާގޮތުގެ މަތިން ކަސްޓަމަރުންގެ ހިދުމަތް ފުޅާކޮށްދިނުމަކީ އެ ކުންފުނިއަށް ލިބޭ ފަހުރެއް ކަމަށް އުރީދޫއިންވަނީ ބުނެފަ އެވެ.
އުރީދޫއިން ބުނީ، ކަސްޓަމަރުންނަށް އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު (+960 9611929) އަށް މެސެޖުކޮށްގެން އިއްޔެއިން ފެށިގެން ކަސްޓަމާ ސަޕޯޓް ދަނީ ދެމުން ކަމަށެވެ.