އެޗްޑީސީގެ ޗެއާމަން ފިޔަވާ އެންމެން ސަސްޕެންޑްކޮށް ހިންގުން ސީއޯއޯއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ފިޔަވާ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި އެވެ.

އެޗްޑީސީ ބޯޑުގެ 10 މެންބަރުން ސަސްޕެންޑްކޮށްފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތަކެއް ދިނުމުގައި އެޗްޑީސީން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިގެން ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވަނިކޮށެވެ.

ސަސްޕެންޑްކުރި ބޯޑު މެމްބަރުން:

  1. މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާ
  2. އަޒްހަރު އަބްދު ސައީދު
  3. އިބްރާހިމް ޔޫސުފްފުޅު
  4. މުހައްމަދު ވިޝާމް
  5. އުލާ މުހައްމަދު ރަޝީދު
  6. އާރިފް އަބްދުލް ސަމަދު
  7. މުހައްމަދު ނާޖިލު
  8. މުހައްމަދު ވަހީދު
  9. ފާތިމަތު މިޒްނާ އަލީ
  10. ޔޫސުފް ވަހީދު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ މި 10 މެންބަރުން އެޗްޑީސީގެ ބޯޑުން ސަސްޕެންޑް ކުރީ ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ނުލިބޭނެ ކަމަށެވެ.

މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވަން.

ހީނާ އިތުރަށް ވިދާޅުވީ ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށްޓަކައި އެޗްޑީސީގެ ބޯޑުގެ ޗެއާމަން ފިޔަވައި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި އެހެން ހުރިހާ މެންބަރުން ތަޙްްޤީޤު ނިމެންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހީނާ ވަލީދު ބިންވެރިޔާ ސްކީމް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ