ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިމާރާތްތައް ތަޅައިދިނުމުގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ވެމްކޯ އިން ބުނީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިހާރު ކުރަމުން ގެންދަނީ އެކަމަށް ބޭނުންވާ ޕެކޭޖްތައް ހެދުމާއި މަސައްކަތް ފަށާނެ އަގުތައް ކަނޑައެޅުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރުމުގެ މަސައްކަތް ކަމަށްވެސް ވެމްކޯއިން ބުނެފައިިވެ އެވެ.
ވެމްކޯ އިން މި މަސައްކަތް ފެށުމަށްޓަކައި މިހާރު އެކަމާ ގުޅޭ އިންޓާނަލް ރިސާޗެއް ހަދަމުން ދާކަމަށާއި، އެ މަސައްކަތަށް ބޭނުންވާ މީހުން ހޯދުމުގެ މަސައްކަތް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ. އެގޮތުން، ވެމްކޯއިން ދެމުންދާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ފޮޅާ ސާފުކުރުމުގެ ހިދުމަތް ފަށަން ވެސް މިއަހަރުގެ މެއި މަހު އެ ކުންފުނިން ވަނީ ނިންމާފަ އެވެ.
ވެމްކޯގެ ޚިދުމަތް ފުރަތަމަ ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.