ކާޑާއި ބޭސް އެތެރެކުރަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ރިޔާސަތުގައި އިންނެވި ނައިބު މުގައްރިރު އަދި، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އެސްޓީއޯއިން ނަގާފައިވާ ލޯނަކާ ގުޅުވައި ފިނޭންސް މިނިސްޓްރީން ފޮނުވި ސިޓީއެއް މެންބަރުންނަށް އިއްވާފަ އެވެ.
އެސްޓީއޯއިން މި ލޯން ނަގާފައި ވަނީ އެމެރިކާގެ ޕްރައިވެޓް ކްރެޑިޓަރެއް ކަމަށްވާ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ އިންކް) އިންނެވެ.
ފިނޭންސް މިނިސްޓްރީގެ ސިޓީގައިވާ ގޮތުން އެސްޓިއޯއިން 50 މިލިއަން ޑޮލަރުގެ މި ލޯން ނަގާފައި ވަނީ އެ ކުންފުނިން ރާއްޖެއަށް އެެތެރެކުރާ ކާޑާއި ބޭހާއި އެނޫންވެސް ޒަރޫރީ ތަކެތި އެތެރެކުރުމަށެވެ.
މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ، 13.13 ޕަސެންޓެވެ. އަދި މިއީ ތިން އަހަރު ތެރޭ އަނބުރައި ދައްކައި ޚަލާސްކުރަންޖެހޭ ލޯނެކެވެ.