މިނިސްޓަރ ޙަލީލް އޮމާންގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އޮމާންއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

މިނިސްޓަރު ހަލީލްގެ މި ދަތުރުފުޅަކީ އޮމާންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޙަލީލް، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޯ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒް އެންޑް ސްޕެޝަލް ރެޕްރެޒެންޓެޓިވް އޮފް ހިޒް މެޖަސްޓީ، ސައްޔިދު އަސްޢަދް ބިން ޠާރިޤް އަލް-ސަޢީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދްރު ބިން ޙަމަދް ބިން ޙަމޫދް އަލްބުސަޢީދީވެސް ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން މިނިސްޓަރ ޙަލީލް، އޮމާންގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. ޚާއްޞަކޮށް ވިޔަފާރި، ފަތުރުވެރިކަން، ތަޢުލީމު އަދި އިންވެސްޓްމަންޓްގެ ދާއިރާތަކުން ގުޅުން ވަރުގަދަކުރުމާ ބެހޭގޮތުން ވާހަކަދެކެވުނެވެ.

މި ދަތުރުފުޅުގައި އޮމާންގެ މިނިސްޓަރ އޮފް ފިނޭންސް އަދި މިނިސްޓަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އިންވެސްޓްމަންޓް ޕްރޮމޯޝަންއާވެސް މިނިސްޓަރ ޙަލީލް ބައްދަލުކުރެއްވިއެވެ.

ދަތުރުފުޅުގެ ތެރޭގައި ދިވެހިރާއްޖެއާއި އޮމާންއާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންސްއާއި ޑިޕްލޮމެޓިކް، ސްޕެޝަލް، ސަރވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާބެހޭ އެއްބަސްވުމެވެ.

މިނިސްޓަރ ޙަލީލްގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް މަސައްކަތް ކުރެވުނު ދަތުރެކެވެ.

އޮމާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ