ރޯދަ މަހަށް ހާއްސަކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ސަރުކާރަށް ލިބިއްޖެ އެވެ.
މިކަން ހާމަ ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މިނިސްޓަރު ޝަހީމް ވަނީ ރޯދަމަސް ފެށުމުގެ ކުރިން ކޮންމެ ގެއަކަށް މި ކަދުރު ބަހައިދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކަދުރު ހަދިޔާ ކުރާކަން ފާހަގަކޮށްލެވެ އެވެ. ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު ރައްޔިތުންނަށް ބަހަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
މި ހަދިޔާއަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ހާމަކޮށްދޭ ކަމެކެވެ. އަދި ރޯދަމަހުގައި ދިވެހި ރައްޔިތުންނަށް ލުއިފަސޭހަކަމެއްވެސް ލިބިގެންދާނެ ކަމެކެވެ.
ރާއްޖެ - ސައުދީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް