ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ރައްޔިތުން ބާރުވެރިކުރުވަން: އަބްދުއްރަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެނައި އިސްލާހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަބްދުއްރަހީމް ވަނީ މި ދައުރުގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެންމެ މުހިންމު މަސައްކަތަކަށް ކުރެވުނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުންކަމަށް ވިދާޅުވެފަ އެވެ.

ޤާނޫނު އަސާސީގެ ދިފާއުގައޭ ކިޔައިގެން ދާއްކާނެ އެއްވެސް ހަޤީޤަތެއް އޮތް ވާހަކައެއް ނޯންނާނެ. ޕީއެންސީގެ ސަރުކާރު އުފެދުނު ފަހުން އަދި މިހާތަނަށް 20 ވަނަ ރައްޔިތުންގެ މަޖިލީސް އައިިފަހުންވެސް ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ.

މީގެ އިތުރުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ރައްޔިތުން ބާރުވެރިކުރުވުމަށް ގެނައި އިސްލާހެއް ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ގާނޫނުއަސާސީއާ ހިލާފު އެތަށް ކަމެއްކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ