ހިޔާ ޓަވަރުން ކުޑަ ކުއްޖަކު ވެއްޓި، ނިޔާވެއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 1:26 ހާއިރު އެވެ. ވެއްޓިފައިވާ ކުއްޖާއަކީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެކެވެ. އަދި އޭނާ ވެއްޓިފައިވަނީ ހިޔާ ޓަވަރ 5 ގެ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހާދިސާ ހިނގުމާ ގުޅިގެން، ވެއްޓުނު ކުއްޖާ ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.