އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރާ މެމްބަރުންނާ ގުޅޭ ޝަކުވާއެއް އޮއްތޯ ބަލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

އިލެކްޝަންސް ކޮމިޝަނަށް އަލަށް އައްޔަންކުރުމަށް ހުށަހަޅާފައިވާ ދެ މެމްބަރުންނާ ގުޅޭގޮތުން އާންމުންގެ ފަރާތުން ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ނަންފުޅުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު އިއްޔެގެ ޖަލްސާގައި ވަނީ އެ ނަންފުޅުތައް އިއްވާފަ އެވެ.

ރައީސް އިސްކަން ދެއްވި ތަރުތީބު:

  1. މުހައްމަދު ޒާހިދު، ރސ. 1548
  2. އަބްދުއްރަހްމާން ސޮލާހް ރަޝީދު، ރޯޒް/ކ. ހުރާ

މި ނަންފުޅުތައް ދިރާސާކުރުމަށް ވަނި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ކުރި އިއުލާނެއްގައި ބުނީ އެ ފަރާތްތަކާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް އެދޭ ކަމަށެވެ.

އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ ނަޝާތު އަދި މުހައްމަދު އާސިފް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވީ 2 މެންބަރުންނެވެ. އެ ކޮމިޝަންގެ ރައީސް ފިއާދު ތައުފީގްގެ ވެސް ދައުރު ހަމަވުމުން އެ މަގާމުވެސް ވަނީ ހުސްވެފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ