އަލިފާނުގެ ހާދިސާއާ ގުޅިގެން މަސްވެރިންގެ ދުވަހުގެ ހަފްލާ ފަސްކޮށްފި

Advertisement

އެންމެ ފަސް

Advertisement

މިއަދު މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފްލާ ފަސްކޮށްފި އެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޑިސެމްބަރު 2024 ވާ ހުކުރު ދުވަހުގެ ރޭގަނޑު ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގަ އެވެ. ނަމަވެސް، މިއަދު ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މި ހަފްލާ މިހާރު ވަނީ ފަސްކޮށްފަ އެވެ. ހަފްލާ ދެން ބާއްވާނެ ތާރީހެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީގެ ނޫސް ބަޔާނުގައި ވަނީ، ”މި ހަފްލާއަށް ދައުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބާއްވާނެ ދުވަހެއް ފަހުން ހިއްސާ ކުރާނެ“ ކަމަށް ބުނެފައެވެ.

މިއަދުގެ އަލިފާނުގެ ހާދިސާގައި، ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އައި އިމާރާތާއި، އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި ގްރީން ބިލްޑިންގ އަނދައި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން އަލިފާނުގެ ހާދިސާ މަސްވެރިންގެ ދުވަސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ