ކެފޭއަކަށް ވަދެ އެތަނުގައި ހުރި ތަކެއްޗަށް ބަޔަކު ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި ދަނީ ބަޔަކު ކެފޭއެއްގެ ތެރެއަށް ވަދެ އެތަނުގެ ތަކެއްޗަށް ގެއްލުންދޭ ވީޑިއޯއެއް ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ދެ މީހަކު އެތަނުގެ ތަކެއްޗަށް ގެއްލުންދޭ ތަނެވެ.
މިތަނަށް ވަދެ ތަކެއްޗަށް ގެއްލުންދެމުން ދިޔަ އެކަކު ވަނީ އެތާ ތިބި ބޭރު މުވައްޒަފަކަށް އިނގިލި ދިށްކޮށް ’ދިސް އިޒް މޯލްޑިވްސް‘ ކަމަށް ބުނެފަ އެވެ. އަދި ވީޑިއޯ ނަގާކަން އެނގުމުން ވީޑިއޯ ޑިލީޓް ކުރަންވެސް ބުނެ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވަނީ މި ވީޑިއޯ ރީޕޯސްޓް ކުރައްވާ މި މައްސަލަ ބަލަމުންދާކަމަށް ވިދާޅުވެފަ އެވެ.