މާލޭގެ މާފަންނު ސަރަހައްދުގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 7 ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި އެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި 29 މީހުންގެ ތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 14 އަންހެނުންނެވެ. އަދި މީގެ ތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނެ އެވެ. މި ފަރާތް ފަރާތްތައް ބަދަލުކޮށްފައިވަނީ މ. ލޯކަށިގެ، މ. ކުދިމާވިލާ އަދި މ. ލޫބިޔާ މި ތިން އިމާރާތުން ނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 7:00 އެހާކަންހާއިރު އެވެ. އަމީނީމަގަށްވާ ގޮތަށް މާފަންނުކޮޅުގައި ހުންނަ މި އިމާރާތަކީ ލަކުޑި އަދި ޓިނުން ހަދާފައިވާ ދުވަސްވީ އިމާރާތެކެވެ. ދެ ގަޑިއިރުގެ ތެރޭގައި މުޅި އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާ، އެއްކޮށް ވެއްޓި ބިމަށް ތިރިވެފަ އެވެ.
މި ހާދިސާގައި ހައުސިންގ މިނިސްޓްރީގެ 4 ފަންގިފިލާގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީގެ ”ގްރީން ބިލްޑިންގ“ އަށްވެސް ގެއްލުން ލިބިފައިވެ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ގެދޮރުވެރިކަމާ ބެހޭ ސެކްޝަންގެ މަސައްކަތްތައް ކުރަމުންދިޔަ ސަރަހައްދުވެސް މި ހާދިސާގައި ހިމެނެ އެވެ.
އެންޑީއެމްއޭއިން އިތުރަށް ބުނެފައިވަނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް އަލުން މި ޚިދުމަތްތައް ގުޅައިދިނުމުގެ މަސައްކަތް ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ހައުސިން މިނިސްޓްރީގައި ރޯވެ، އެނދުން މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)