73 އިންސައްތަ މަސައްކަތްތައް ނިިންމާ މަޖިލިސް ޗުއްޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލާ މަޖިލިސް ޗުއްޓީއަށް ގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިދައުރުގައި މަޖިލީހުގެ 27 ޖަލްސާ ބޭއްވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުގެ 165 ބައްދަލުވުން ބޭއްވުނު ކަމަށްވެސް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިދައުރުގައި މަޖިލީހުން 20 ބިލު، 1 ގަރާރު، ސަރުކާރުން ހުށަހަޅާފައިވާ 13 މައްސަލަ، ރިޔާސަތުން ހުށަހެޅި 5 މައްސަލ،ަ 4 ކުއްލި މައްސަލަ، 13 ސުވާލު، އެހެނިހެން މައްސަލަ ތަކާ ގުޅޭ 7 ރިޕޯޓްގެ މަސައްކަތް ނިންމިފައވާ ކަމަށެވެ.

”އެގޮތުން މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތަކުގެ ޖުމުލަ 73.3 އިންސައްތަ މަސައްކަތް މި ދައުރުގެ ނިޔަލަށް ވަނީ ނިންމިފައި.“ މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޤާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަޖިލީހުގެ ޖަލްސާތައް، އަހަރެއްގެ ތެރޭގައި ބެހިގެންވާނީ 3 ދައުރުގެ މައްޗަށެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ފަނަރަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ