އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ބޭފުޅުން އައްޔަނު ކުރަން މަޖިލީހަށް ދެ ނަމެއް ފޮނުވައިފި އެވެ.
އީސީގެ ދެ މެންބަރުންގެ މަގާމު ހުސްވެފައިވަނީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވި އަލީ ނަޝާތު އަދި މުހައްމަދު އާސިފް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.
ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ނަންފުޅުތައް މަޖިލީހަށް ހުށަހަޅާފައިވާއިރު މިއަދުގެ ޖަލްސާގައި ވަނީ އެ ނަންފުޅުތައް އިއްވާފަ އެވެ.
ރައީސް އިސްކަން ދެއްވި ތަރުތީބު:
- މުހައްމަދު ޒާހިދު، ރސ. 1548
-
އަބްދުއްރަހްމާން ސޮލާހް ރަޝީދު، ރޯޒް/ކ. ހުރާ
މި ނަންފުޅުތައް ދިރާސާކުރުމަށް ވަނި މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވީ 2 މެންބަރުންނެވެ. އެ ކޮމިޝަންގެ ރައީސް ފިއާދު ތައުފީގްގެ ވެސް ދައުރު ހަމަވުމުން އެ މަގާމުވެސް ވަނީ ހުސްވެފަ އެވެ.