ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީ ހިންގަމުން ދިޔަ އަމާރާތްތަކުގައި ރޯވި އަލިފާނާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓިފައިވާކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ސަބަބުން އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން އެ މިނިސްޓްރީން ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓިފައިވީ ނަމަވެސް އެ ހިދުމަތްތައް ދެވޭނެ އަވަސް ހައްލެއް ހޯދަމުންދާ ކަމަށެވެ.
އެ ކަންކަން އިންތިޒާމު ކުރެވުނުހާ އަވަހަކަށް އާންމުކޮށް އަންގާނެ ވާހަކަވެސް ދެންނެވީމެވެ.
މި ހާދިސާއާ ގުޅިގެން އެކި މުއައްސަސާތަކުންނާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
ހައުސިން މިނިސްޓްރީ މާލެ ސިޓީ ކައުންސިލް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް