ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ބްރޮޑްކޮމްގެ ރައީސަކަށް ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވެފައިވަނި މިމަހުގެ 5 ވަނަ ދުވަހަށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުން ރައީސް އިސްކަންދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް އިސްކަން ދެއްވި ތަރުތީބުން ނަންތައް އިއްވާފަ އެވެ. އެ ބޭފުޅުންނަކީ:
- މުހައްމަދު އަބްދުﷲ (މުހަންމާ)
-
އިބްރާހިމް މުއާޒު އަލީ
-
އިބްރާހިމް އަޝްރަފު
-
ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު
-
އަބްދުﷲ ހުމައިދު
-
އައިޝަތު ދިޔާނާ ތޯހިރު
-
އައިމިނަތު ސަރާހަތު އިއްޒަތު
-
ޝިމްލާ އަމްހަދު
-
އިސްމާއިލް ޝަފީގް
-
ޝިފްޒާ މުސްތަފާ
-
އަލީ ނިޝާން
-
މުހައްމަދު ޝަމީމް
މި ނަންތައް ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރައީސްގެ ލިސްޓުގެ ކުރީގައި ހިމެނޭ މުހައްމަދު އަބްދުﷲ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިބްރާހިމް މުއާޒް އަލީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)