ގޭންގުތަކުން ހިންގާ ކުށްތަކާއި، ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ.

ބޮޑެތި ޖަލު ހުކުމްތަކާއި ބޮޑެތި ޖުރިމަނާތައް ހިމެނޭ މި ބިލުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި ބިލުގައި ބުނެފައިވަނީ، އެއްވެސް މީހަކު، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް އުފެއްދުމަކީ ނުވަތަ ހިންގުމަކީ ކުށެއް ކަމަށެވެ. މިކަމަކީ 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 200،000 އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި މިފަދަ ކުށެއް ކުރަން އުޅުމަކީ ނުވަތަ އެހީތެރިވުމާއި ބައިވެރިވުމަކީވެސް ކުށެއް ކަމަށާއި މިކުށުގެ އަަދަބެއްގެ ގޮތުން 18 އަހަރަށް ޖަލަށްލުމާއެކު 100،000 އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖުރިމަނާކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެއިތުރުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށްވެސް ބުނެފައިވެ އެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ގެ ހަތަރުވަނަ ބާބުގައި ވަނީ، ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުން، މީހަކާމެދު ނުރައްކާތެރި މާރާމާރީއެއް ހިންގުން، މީހަކަށް ބޮޑު ޖިސްމާނީ އަނިޔާއެއް ދިނުން، މީހަކު ކިޑްނެޕްކުރުން އަދި މީހަކަށް ބިރުދެއްކުމަކީ ކުށެއް ކަމަށް ބަޔާން ކޮށްފަ އެވެ. އަދި މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅުމަކީ ކުށެއް ކަމަށްވެސް ބަޔާން ކޮށްފައިވެ އެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު އަދި އެނޫން ނުރައްކާތެރި ހަތިޔާރު އެތެރެކުރުމާއި އުފެއްދުމަކީ ކުށެއް ކަމަށާއި އެކުށުގެ އަދަބުގެ ގޮތުން 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 100،000 އާއި 7 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި ބިލުގައި ކުށްތައް ހުއްޓުވުމަށް ތަހުގީގީ އިދާރާތަކަށް ލިބިދީފައިވާ ބާރުތައް ބަޔާންކޮށްފައިވާއިރު، ސިއްރު އޮޕަރޭޝަންތައް ހިންގޭނެ ހާލަތައްތަކާއި އެކަމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުން ބުނެފައިވަނީ ގޭންގުތަކުން ހިންގާ ކުށްތައް ހިމެނޭގޮތުން، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫޏްވެސް ނުރައްކާތެރި ކުށްތައް ރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުމެވެ. މީގެއިތުރުން ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެމަތިން ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުމާއި ނުރައްކާތެރި ކުށްތަކުން ކުޑަކުދިންނާއި ޒުވާނުން އެފަދަ ކުށްތައް ކުރާ ވެށިން ދުރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަންދިނުންވެސް ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ފާހަގަ ކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ