އެންވާރަމެންޓް މިނިސްޓްރީގައި އަދިވެސް ހުރީ އަލިފާން ރޯވެފައި: އެމްއެންޑީއެފް

Advertisement

Advertisement

އެންމެ ފަސް

Advertisement

އެންވާރަމެންޓް މިނިސްޓްރީގައި އަދިވެސް ހުރީ އަލިފާން ރޯވެފައިކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުގެ ފަރާތުން މި ހާދިސާގައި އިންސިޑެންޓް ކޮމާންޑަރުގެ ގޮތުގައި ހަރަކާތްތެރިވާ އޮފިސަރު ވިދާޅުވީ އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެންވާރަމެންޓް މިނިސްޓްރީގެ އިމާރާތުގައި އަދިވެސް އަލިފާން ރޯވެފައިވާ ކަމަށެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ނަޒްރާ ވިދާޅުވީ އެ މިނިސްޓްރީގެ އިމާރާތުގައި އަދިވެސް އަލިފާން ރޯވެފައިވާ ކަމަށެވެ. އަދި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށްވެސް ވިދާޅުވި އެވެ.

މި ސަރަހައްދުގައި މީހުން ދިރިއުޅޭ ގެތަކުން މީހުންވެސް ވަނީ ހުސްކޮށްފަ އެވެ. އެމްއާރްސީ އިން ވަނީ ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއްވެސް ގާއިމުކޮށްފަ އެވެ. އަލިފާނުގެ ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅުމަށް ރެޑް ކްރެސެންޓުން އިރުޝާދުދީފައި ވެއެވެ.

މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތެވެ.

މިހާރު އަލިފާނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރެވިފައިވާ ނަމަވެސް، އެ ސަރަހައްދުގައި ދުމުގެ އަސަރު ވަރަށް ބޮޑު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެއާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުން މާސްކް އަޅައިގެން ނޫނީ މަގުމައްޗަށް ނުނިކުތުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަލިފާނުގެ ހާދިސާ އެމްއެންޑީއެފް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ