ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ މ. ގްރީން ބިލްޑިން ގައި ރޯވި އަލިފާނާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައިނުވާކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަލިފާނުގެ ސަބަބުން އެ މިނިސްޓްރީ ހިންގަމުން އައި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އޭގެ ސަބަބުން އެ މިނިސްޓްރީން ދެމުން އައި އާންމު ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.
މި ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު، އެކަން މިނިސްޓްރީން ވަގުތުން އިއުލާން ކުރާނެ ވާހަކަވެސް ދަންނަވަމެވެ.
މި ހާދިސާއާ ގުޅިގެން އެކި އިދާރާތަކުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ