މަސްވެރިންގެ ދަފްތަރުގެ ރެގިއުލޭޝަންސް ގެޒެޓްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހި މަސްވެރިންގެ ރަޖިސްޓްރީއާބެހޭ ގަވާއިދު ގެޒެޓްކޮށްފި އެވެ.

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިންތިހާބީ މުހިއްމު ވައުދެކެވެ. އިއްޔެ އާ ގަވާއިދު ގެޒެޓްކޮށްފައި ވަނީ ވައުދު ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނެވެ.

މި ގަވާއިދުގެ މަގުސަދަކީ މަސްވެރިންނާއި ފަޅުވެރިންނާއި އުޅަނދުފަހަރުގެ ވެރިންގެ އިޖުތިމާއީ ރައްކާތެރިކަން ދަފްތަރު މެދުވެރިކޮށް ކަށަވަރުކޮށްދިނުމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު ހުށަހަޅަންވާނީ ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށެވެ. ދޯނީގެ ވެރިން ނުވަތަ އޮޕަރޭޓަރުން ރަޖިސްޓްރީ ކުރުމުން، ދޯނީގެ ކެޔޮޅާއި ފަޅުވެރިންގެ ތެރެއިން ދިވެހިންނާއި ބިދޭސީން ވެސް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. މަސްވެރިކަމުގެ އެކި ބާވަތްތަކާއި، މަސްވެރިކަމާ ގުޅުންހުރި އެންމެހާ ހަރަކާތްތަކާއި، އުޅަނދުފަހަރުގެ ކަމާބެހޭ ލައިސަންސް ދޫކުރެވޭނީ ރަޖިސްޓްރީ ކުރުމަށްފަހުގަ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މަސްވެރިންނާ ގުޅޭ ހިދުމަތްތައް އެ މިނިސްޓްރީން ހޯދަން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކޮށްފައިވާކަން ކަށަވަރުކުރަން ޖެހެ އެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އެ ހިދުމަތްތައް ލިބޭނީ ރަޖިސްޓްރީ ފުރިހަމަވުމުން ނެވެ.

މި ގަވާއިދުގައި އިތުރަށް ބުނެފައިވަނީ މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް މާލީ އަދި އިޖްތިމާއީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ފިޝަރީޒް މިނިސްޓްރީން ލާޒިމުކުރާ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެކެވެ. މަސްވެރިންގެ ރަޖިސްޓްރީގައި ލިސްޓްކޮށްފައިވާ މައުލޫމާތަށް ބަދަލެއް ގެންނަން ޖެހޭ ހާލަތްތަކުގައި، ބަދަލު އަންނަ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ކެޔޮޅު އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތު އަޕްޑޭޓް ކުރުމަކީ މަސްވެރި އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެކެވެ. އަދި އެ މައުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމަށް ވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ލާޒިމްކޮށްފަ އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ