ހައުސިން މިނިސްޓްރީއާއި ޖެހިގެން އޮތް އެންވާރަމެންޓް މިނިސްޓްރީ ހުންނަ ގްރީން ބިލްޑިންއަށް އަލިފާނުގެ އަސަރުކޮށްފި ކަމަށް އެންވާރަމެންޓް މިނިސްޓްރީ އިން ބުނެފި އެވެ.
މިއަދު ހެނދުނު 07:00 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި އަސަރުކޮށްފައިވާ މިންވަރު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ދާހިލީ ވަޒީރު އަލީ އިހުސާންގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް އެސަރަހައްދަށް ވަޑައިގެން އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބައްލަވާލައްވާފައި ވެެއެވެ. އަދި ޑިފެންސް މިނިސްޓަރ މުހައްމަދު ގައްސާންއާއި އެންވާރަމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމްވެސް ހަރަކާތްތެރިވަމުން އެބަދެ އެވެ.
”އެންވާރަމެންޓް މިނިސްޓްރީގެ ހުރިހާ ފަންގިފިލާއަކަށް އަލިފާނުގެ އަސަރުކޮށް އެތެެރޭގައި އަލިފާން ރޯވެފައިވެ އެވެ.
އެންޑީއެމްއާއި ރެޑް ކްރެސެންޓުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުންތައް ވަނީ ސޯޝަލް ސެންޓަރަށް ބަދަލުކޮށްފަ އެވެ. އެޗްޕީއޭ އިން ވަނީ އެތަނާއި ކައިރި ގެތަކުގެ ކުޑަދޮރުތައް ލެއްޕުމަށް އިލްތިމާސްކޮށްފަ އެވެ.
މަންޒަރުތަކުން ފެންނަ ގޮތުގައި ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތުގެ މަތީ ތިން ފަންގިފިލާ ބޭނުންނުކުރެވޭ މިންވަރަަށް އަނދާ ހުލިވެފައިވާއިރު އެތަނުގައި މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ އާބާދީއާއި ބެހޭ ޑިޕާޓްމެންޓްގެ ލިޔެކިޔުންތައްވެސް އެބަހުއްޓެވެ. އެ ލިޔެކިޔުންތަކަށް ގެއްލުންނުވޭތޯ އެމްއެންޑީއެފް އިން މަސައްކަތްކޮށްފައި ވެއެވެ. ވަރަށް ކުޑަ ވަގުތުކޮޅެއްގައި މުޅި އިމާރާތުގައި އަލިފާނުގެ ހުޅު ހިފާފައި ވެއެވެ. ދުމުގެ އަސަަރު އެ ސަރަހައްދުގައި ހުންނަ ބައެއް ސްކޫލުތަކަށްވެސް ކޮށްފައި ވެއެވެ. މިއަދު ގިޔާސުއްދީން ސްކޫލާއި ޕްރީ ސްކޫލާއި ތާޖުއްދީން ސްކޫލުވެސް ވަނީ ކިޔެވުން މެދުކަނޑާލާފަ އެވެ. އަމީނީ މަގު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ބަންދުކޮށްފަ އެވެ.
މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެމްއޭސީއެލްގެ އެހީވެސް ހޯދާފައި ވެއެވެ.
މީގެ އިތުރަށްވެސް، ވެސްޓްޕާކް ރޫޓުން ކުރާ ދަތުރުތައް މެދުކެނޑުން އެކަށީގެންވާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.
އަލިފާނުގެ ހާދިސާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް