ސޯޝަލް މީޑިއާ ކުންފުނި، މެޓާގެ އެކި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ޑައުންވެއްޖެ އެވެ.
މައްސަލަ ކުރިމަތިވެފައިވަނީ ފޭސްބުކް، އިންސްޓަގްރާމް، މެސެންޖަރ، ވަޓްސްއެޕް އަދި ތްރެޑްސް ފަދަ މެޓާގެ ހުރިހާ މައިގަނޑު ޕްލެޓްފޯމްތަކަށެވެ.
ޑައުންޑިޓެކްޓަރގެ މަޢުލޫމާތު ދައްކާގޮތުން، 11:30 އާ ހަމައަށް ފޭސްބުކަށް އެކަނި 90،000 އަށްވުރެ ގިނަ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މީގެ އިތުރުން، އިންސްޓަގްރާމްގެ މެދުކެނޑުމުގެ ރިޕޯޓުތައް 60،000 އަށްވުރެ އިތުރުވެފައިވާއިރު، މެސެންޖަރ އަދި ވަޓްސްއެޕްގައި 11،000 އާ ގާތްކުރާ އަދަދަކަށް މައްސަލަ ރިޕޯޓުކުރެވިފައިވެ އެވެ.
ސީބީއެސް ނިއުސްއާ ވާހަކަދައްކަމުން މެޓާގެ ތަރުޖަމާނަކު ވިދާޅުވީ މައްސަލަ ދިމާވެފައިވާކަން އެނގިފައިވާކަމަށާއި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ”މިކަމުގެ ސަބަބުން ކުރިމަތިވާ އެއްވެސް ދަތިކަމަކަށް މަޢާފަށް އެދޭ“ ކަމަށެވެ.