ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އޮމާނަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި އެ ގައުމާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އޮމާނަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ހާރިޖީ ވަޒީރު ސައްޔިދް ބަދުރު އަލްބުސައިދީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި އޮމާނާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ޕޮލިޓިކަލް ކޮންސަލްޓޭޝަންއާއި، ޑިޕްލޮމެޓިކް، ސްޕެޝަލް، ސާވިސް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މިއުޗުއަލް ވިސާ އެގްޒެމްޝަންއާ ބެހޭ އެއްބަސްވުން ހިމެނެއެވެ.
ހާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ އިތުރުން އާންމު ޕާސްޕޯޓަށްވެސް ވިސާ އިސްތިސްނާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެކަމާ ގުޅޭ އެއްބަސްވުން އޮމާން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާރު ދިވެހިންނަށް ވިސާއާ ނުލާ އޮމާނަށް ދަތުރުކުރެވެނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އޭގެ ތެރޭގައި ވަކި ގައުމުތަކެއްގެ ވިސާ އޮތުން ހިމެނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް ހޯލްޑަރުންނަށް މި ޝަރުތުތަކުން އިސްތިސްނާ ލިބިގެންދާނެއެވެ.
މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދަތުރުފަތުރު ފަސޭހަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
އޮމާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް