މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން އިއުލާންކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދުމަށް އިސްލާމިކް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ގެޒެޓްގައި އާންމުކުރި އިއުލާނެއްގައި ވަނީ  1446 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ފަރާތްތަކަކީ ދިވެހި ޙާފިޡުން ކަމުގައި ހެދުމަށް މިނިސްޓްރީން ބޭނުންވާ ކަމަށް ބުނެފަ އެވެ.  އެކަމަށް އެންމެ ޤާބިލް ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރުމަށް ބޭނުންވާ ދިވެހި ޙާފިޡުންނަށް ފުރުސަތު ހުޅުވާލާ ކަމަށް ބުނެފައި ވެއެވެ.

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގައާއި މަސްޖިދު މަލިކި ސަލްމާން ގައި ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ މެދުގައި ޓެސްޓެއް ބޭއްވޭނެ ކަމަށް ބުނެފައި ވެއެވެ.  އެއަށްފަހު ޙިފްޡު އެންމެ ރަނގަޅު 04 ފަރާތެއް ކަނޑައެޅިގެންދާނެ އެވެ.

ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް -/700 (ހަތްސަތޭކަ) ރުފިޔާގެ މަގުންނެވެ. މިގޮތުން ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި 02 ޙާފިޡުންނަށެވެ.

ވީމާ 1446 ވަނަ އަހަރު ރަމަޟާން މަހު މަރުކަޒުތަކުގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރުމަށް ދިވެހި ޙާފިޡުންނަށް ކަނޑައެޅިފައިވާ ފޯމު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް އިން ލިބޭނެ އެވެ. އެ ފޯމު ފުރިހަމަކޮށް ލިޔުންތަކާއެކު 2025 ފެބުރުވަރީ 16 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އަށް ހުށަހެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ