އޮމާންާއާއި ރާއްޖެއަށް ފައިދާކުރާނެ ދާއިރާތަކުން މަޝްވަރާކޮށްފި އެވެ.
އޮމާންގައި މި މަޝްވަރާ ބާއްވާފައިވަނީ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް މިހާރުު ސައުދީއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ އޮމާންގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ކޯޕަރޭޝަން އެފެއާޒްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ސުލްތާނުގެ ޚާއްޞަ މަންދޫބު ސައްޔިދު އަސާދު ބިން ތޯރިގު އަލް ސައީދާއި ބައްދަލުކުރެއްވުމުގެ ޝަރަފް ލިބިވަޑައިގަތް ކަމަށެވެ.
ރާއްޖެއާއި އޮމާންއާއި ދެމެދު އޮތް ވަރުގަދަ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކޮށް، ދެފަރާތަށް ފައިދާހުރި އެއްބާރުލުމުގެ މުހިންމު ދާއިރާތަކާ މެދު ޚިޔާލު ބަދަލުކުރައްވާފައި ވެއެވެ،. މުޅި ދުނިޔޭގައި ސަރަހައްދީ އަދި ދުނިޔޭގެ ތަރައްގީތަކާ މެދުވެސް ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
މިނިސްޓަރގެ މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދަވަތަކަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރަށްވާ ދަތުރުފުޅެކެވެ.
އޮމާން އާ އެކު ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޮމާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް