ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު އަލްބުސައިދީއާ އާއި ބައްދަލު ކުރަށްވައިފި އެވެ.
މިކަން ހާމަ ކޮސްފައި ވަނީ، މިނިސްޓަރ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ބުނެފައި ވަނީ، ރާއްޖެ އާއި އޮމާންގެ ތާރީޚީ ގުޅުންތައް ވަރުގަދަކޮށް، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމާއި، އިންވެސްޓްމަންޓް ފަދަ މުހިންމު ދާއިރާތަކުން އެއްބާރުލުން ހޯދުމަށް ވައުދުވެފައިވާ ކަމަށެވެ.
ދެގައުމުގެ ދެމެދުގައި ކުރިއަރަމުން އަންނަ ޕާޓްނަރޝިޕް ދެމެހެއްޓުމަށްޓަކައި މީހުންނާ ދެމެދު ބަދަލުކުރުންތައް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ މަގުތައް ހޯދި ކަމަށްވެސް އެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
މިނިސްޓަރގެ މި ދަތުރުފުޅަކީ އޮމާންގެ ފޮރިން މިނިސްޓަރ ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރަށްވާ ދަތުރުފުޅެކެވެ.
އޮމާން އާ އެކު ރާއްޖޭން ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޮމާން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް