ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއ)ޭ އިން މާލެ ސަރަހައްދުގައި ހިންގާ ސެލޫންތަކާއި ސްޕާތައް އިންސްޕެކްޓް ކުރަން ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ޒާތީ ހިދުމަތްދޭ ސެލޫން، ސްޕާ ފަދަ ތަންތަން އާންމުނަށް ހިދުމަތްދޭއިރު އެފަދަ ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ދަމަހައްޓާ ގޮތް ދެނެގަތުމަށްޓަކައި ކުރެވޭ ހާއްސަ އިންސްޕެކްޝަންތަކެއް މި މަހުގެ 9 އިން 19 ގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށެވެ.
އެ އިންސްޕެކްޝަންތައް ކުރިއަށް ގެންދާއިރު ސެލޫން އައި ސްޕާ ހިންގާ ފަރާތްތަކުން އެ ކަމަށް އެއްބާރުލެއްވުން ދިނުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އެޗްޕީއޭ އިން ވަނީ އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ އޭޖެންސީގެ ފޯނު ނަންބަރު 3024570 އަށް ގުޅުމަށް އެދިފަ އެވެ.